އުރީދޫގެ މިއަހަރުގެ ފުރަތަމަ ކޮމިއުނިޓީ ރޯދަވީއްލުން ބާއްވައިފިއެވެ.
އުރީދޫން ބުނީ ސަލްމާން މިސްކިތުގައި މިއަދު ބޭއްވި އެ ރޯދަވީއްލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.
ކޮމިއުނިޓީ ރޯދަވީއްލުން ބާއްވަނީ ގިނަ ބަޔަކަށް އެއް ސުފުރާ މަތީގައި ހިތްހަމަޖެހިގެން ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް އުރީދޫން ބުންޏެވެ. އަދި އާއިލާއާ ދުރުގައި ދިރިއުޅޭ ފަރާތްތަކަށް އެއީ މުޖުތަމައުގެ މުހިންމު ބައެއްކަން ހަނދާންކޮށްދިނުމަކީ ވެސް ކޮމިއުނިޓީ ރޯދަވީއްލުން ބާއްވާ ސަބަބެއް ކަމަށް އުރީދޫން ބުންޏެވެ.
ކޮމިއުނިޓީ ރޯދަވީއްލުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށާއި ރޯދަވީއްލުން ކުރިއަށްގެންދާނީ ކޮންމެ ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގައި ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު