ޕެންޝަން ފަންޑު ވަރުގަދަކޮށް ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ޕެންޝަން ފަންޑު ބަައްޓަންކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަަށް ޖަވާބު ދެއްވުމަށް ސިލްސިލާކޮށް ކުރިއަަށްގެންދާ "ރައީސްގެ ޖަވާބު" ގައި އާންމުންގެ މީހަކު ވަނީ މުސާރައިން ޕެންޝަނަށް ކަނޑާ ފައިސާ، ވަޒީފާއިން ވަކިވާތަނުން ލިބޭނެ ގޮތް ހަމަޖެހިދާނެތޯ ރައީސްއާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޕެންޝަނަކީ ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗަކަށްވުމުން، ޕެންޝަނަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
"ޕެންޝަނަކީ ވަކި ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއް ވީމަ ސަރުކާރުން އެއަށް ބަދަލެއް ގެނެވޭނީ ގާނޫނު އިސްލާހުކޮށްގެން. އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަން ވެސް، އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެ ގޮތް ހަދަން. ދެން އެއަށް އެއްވެސް ކަަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން. އެހެންވީމާ ތި ވިދާޅުވި ކަހަލަ އިސްލާހުތައް ގެނެވޭނެ ފުރުސަތު ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ލިބިގެން ދިއުމަކީ ތި ވިދާޅުވި ކަހަލަ ކަންކަން ކުރެވޭނެ ގޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަޒީފާއިން ވަކިވާތަނުން ޕެންޝަން ފައިސާ ނުލިބޭކަމުގެ ކަންބޮޑުވުން ގަބޫލުކުރައްވާ ކަމަށެވެ.
އެ މަނިކުފާނު ވެސް ބޭނުންފުޅުވަނީ ޕެންޝަންގެ ފައިސާ ބޭނުން ކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު