އެސްޓީއޯ ރޯދަ ބާޒާރަކީ ރޯދަ މަހަށް ހާއްސަކޮށްގެން، ކޮންމެ ދުވަހަކުވެސް ވަން އޮންލައިންގެ ނޫސްވެރިން ބާޒާރަށް ގޮސް، ތަކެތީގެ އަގުތައް ހުރި ގޮތް ގެނެސްދޭ ލިޔުމެކެވެ. މި ލިޔުން ގެނެސްދެނީ އެސްޓީއޯގެ ހެޔޮއެދުން ތަކާއެކުއެވެ.
މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ބާޒާރުމައްޗަށް މިއަދަކީ އެންމެ ބާރުބޮޑު އެއް ދުވަހެވެ. މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓަށްވެސް ބާރު ބޮޑެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމުން ފަނިގިރުމަށާއި ހެދިކާއާއި އެކިއެކި ކާތަކެތި ތައްޔާރުކުރަން ބޭނުންވާ ތަކެތި ގަންނަން އެތައް ބަޔަކު ނުކުމެ އުޅުނެވެ.
މާރުކޭޓުގައި މިއަދު އެންމެ އަގު ހުރީ ކަނޑޫދޫ މިރުހުގައެވެ. އެގޮތުން ކަނޑޫދޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 600-700 ރުފިޔާއަށެވެ. މާރުކޭޓުގެ ގޮޅިތަކުން ކަނޑޫދޫ މިރުސް ލިބެން ހުރި އިރު، ބައެއް ގޮޅިތަކުން ވަނީ ކަނޑޫދޫ މިރުސް އެއްކޮށް ހުސްވެފައެވެ.
- ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 65 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 65 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 120 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 100 ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް: 30-45 ރުފިޔާއަށް
- ފެޝަން ފުރުޓް: 100 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 65 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 30 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 15-20 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 200-250 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: ހަތަރު ރުފިޔާއަށް
- އާފަލެއް: ފަސް ރުފިޔާއާއި ހަތް ރުފިޔާއަށް
- މެންޑްރިން: 70 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
- އަނބު: 110-150 އަށް ބައެއް (ދިހަ އަނބުގެ)
- އަންނާރު: 90 ރުފިޔާއަށް ކިލޯއެއް
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 20 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 5-10 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 10-25 ރުފިޔާއަށް
- ގަބުޅިއެއް: 30-35 ރުފިޔާއަށް
- ބިހެއް: 3 ރުފިޔާއަށް
- ފިޔާ: 35 ރުފިޔާއަށް ކިލޯއެއް
- އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކާ އަގު: 320 ރުފިޔާއަށް
- އަލުވި: 25 ރުފިޔާއަށް ކިލޯއެއް
- އެސްޓީއޯއިން އަލުވި ބަސްތާއެއް ވިއްކާ އަގު: 320 ރުފިޔާ
- ލޮނުމެދު: 60 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 65 ރުފިޔާއަށް ކިލޯއެއް
- ބަށި: 70 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 20-60 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 130 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 40-60 ރުފިޔާއަށް ކިލޯއެއް
- ބަނބުކެޔޮ: 50 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 700-800 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 600-700 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 65 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 75 ރުފިޔާއަށް ކިލޯއެއް
- ކަނޑުމަސް: 18-35 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 30-35 ރުފިޔާއަށް ކިލޯއެއް
- ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 75 ރުފިޔާއަށް މަހެއް
- ހަންޖެއް: 75-450 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
- ރަތް މަހެއް: 80 ރުފިޔާއަށް
- ރެހި ޖޯޑެއް: ދިހަ ރުފިޔާ
- މެދު ސައިޒުގެ ފިލޮޅެއް: 70 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 60 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 45 ރުފިޔާއަށް
- ކުރު މަހެއް: 650-750 ރުފިޔާއަށް
ޚަބަރު
ޚަބަރު
ޚަބަރު