އެތައް ހާސް ބިދޭސީންނެއް ބޮޑު ކުށެއް ކޮށްގެން އުޅޭ އިރު، ސަރުކާރުން ތިބެނީ ހަތަރެސްފައި ބަނދެވިގެން ކަމަށާއި އެހެން ތިބެގެން ނުވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

60 ހާސް މީހުން ބޮޑު ކުށެއް ކޮށްގެން އުޅޭ އިރު ސަރުކާރުން ތިބެނީ ހަތަރެސްފައި ބަނދެވިގެން ކަމަށާއި އެހެން ތިބެގެން ނުވާނެ ކަމަށް މާލެ ސިޓީމޭޔާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު އާޒިމް ވިދާޅުވީ މިހާރުން މިހާރަށް މާލެތެރޭ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިން ހޯދުމަށްފަހު ރާއްޖެއިން ބޭރުކުރަން ޖެހޭ ކަމަށާއި އެނޫން ގޮތަކަށް މާލޭގެ ކަަންކަންމަތި ސާފުނުވާނެ ކަމަށެވެ.

އެކަމާ ގުޅުންހުރި އިދާރާތަކުގައި އެކަމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް، އެމީހުން ތަންތަނަށް ގެންގޮސްގެން އެމީހުން ރެގިއުލޭޓްކުރަން ޖެހޭ ކަމަށާއި ފުރަތަމަ ކަމަކަށް އެއްވެސް ކަހަލަ ބޮޑެތި ކުށްތަކެއް ކޮށްފައި ތިބި މީހުންނަށް މަގުތަކުގައި ތިބެވިގެން ނުވާނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުށެއް ކަމަށްވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.

"ރާއްޖޭގައި ގާނޫނާ ހިލާފަށް ބިދޭސީން އުޅުމަކީ ބޮޑު ކުށެއް. އަޅުގަނޑު ގަބޫލުކުރަނީ ފުލުހެއްގެ ކުރިމަތީ، އަޅުގަނޑުގެ ކުރިމަތީ، ފުލުސް ދޮރުމަތީ، މާލެ މަގުމަތީ ގަވައިދާ ހިލާފަށް އެއްވެސް ބިދޭސީއަކަށް އުޅެވިގެން ނުވާނެ. އޭގެ މީހަކަށް ރާއްޖޭގައިވެސް ހުރެވިގެން ނުވާނެ، އުޅެގެން ނުވާނެ. އެމީހުން ބޮޑު ކުށެއް ކޮށްގެން އުޅޭ އިރު މިި ތިބެނީ ބަލަން، އެ ކެޕޭސިޓީ ނެތޭ ކިޔާފައި،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ބޭރު މީހުން ބޮޑު ކުށެއްކޮށްގެން މާލެ މަގުތަކުގައި މަސައްކަތްކުރާތާ 20 އަހަރުވެގެން މާޒީއާ އެކުވެގެން ދިޔަ ނަމަވެސް، އެކަން ހައްލުކުރެވެން އޮތީ ކަނޑައަޅާފައިވާ ގާނޫނުތައް ތަންފީޒުކޮށްގެން ކަމަށެވެ.

ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ، އިތުރަށް ނަގައިގެންވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވޭކަން ފާހަގަކުރައްވަމުން އާޒިމް އިތުރަށް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ވެސް ހައްލެއް ހޯދެން އޮތީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ 60،000 ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެސްގެން ކަމަށެވެ.