ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޕާން ތުރުކީން ފެނިއްޖެއެވެ.
އާކެއޮލޮޖިސްޓުންގެ ޓީމަކުން ތުރުކީގެ ގަދީމީ ސަރަހައްދެއް ބެލުމުގެ ތެރެއިން ހޯދައިފައިވާ ޕާނަކީ 8،600 އަހަރުވެފައިވާ ޕާނެއްކަން ޔަގީން ވެފައިވާ ކަމަށް އެޓީމުން ބުނެފައިވެއެވެ.
އާކެއޮލޮޖިސްޓުންގެ ޓީމުން ވަނީ ''މެކަން 66'' ނަމަކަށް ކިޔާ ސަރަހައްދަކުން ފެނުނު ކުރީ ޒަމާނުގައި ބޭނުންކުރާ އަވަނެއްގެ އެތެރެ ހުޅުވައި އޭގައި ހުރި ބައެއް ސާމާނު ބަލައި ދިރާސާކޮށްފައެވެ.
އަވަނުގެ އެތެރެފަޅިން ފުށާއި ބައެއް ބާވަތްތަކުގެ ބަދަނުގެ އިތުރުން އެހެނިހެން ފަތްޕިލާވެލި ބޭނުންކޮށްގެން ހަދާފައި އޮތް ޕާނެއް ފެނިފައިވާ ކަމަށް އެ މީހުން ބުނެއެވެ.
އެޓީމުން ކުރި ތަހުލީލުތަކުން އެނގޭ ގޮތުގައި، އެ ޕާން އޮތީ ރަނގަޅަށް ނުފިހެވި ކަމަށާއި އެ ޕާނުގެ މާއްދާތަކުން އެނގޭ ގޮތުން އެއަށް 8600 އަހަރުވެދާނެ ކަން ޔަގީންވާ ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ.
އާކެއޮލޮޖިސްޓުންގެ ޓީމުގެ އޮފިޝަލުން ވަނީ އެހާ ދުވަހު އެޕާން ހަލާކު ނުވެ އޮތީ އޭގައި ބޭނުންކޮށްފައިވާ ސްޓާޗްގެ ސަބަބުން ކަމަށް ބުނެފައެވެ. ސްޓާޗްގެ ސަބަބުން އެ ޕާނުގައި ކެމިކަލްގެ އަސަރުކޮށް ލިބޭނެ ގެއްލުން ތަކުން އެޕާން އޮތީ ރައްކާތެރިވެފައިކަމަށް ޓީމުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ