ބަޓަރ ޗިކަން އީޖާދުކުރި ފަރާތް ޔަގީންކުރުމުގެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ވައްދާފައިއިރު، އިންޑިއާގެ ދެ ރެސްޓޯރަންޓަކުން ބަޓާ ޗިކަން އީޖާދުކުރި ކަމަށް ދައުވާ ކޮށްފައިވެއެވެ.
އިންޑިއާގެ މަޝްހޫރު ޑިޝް ބަޓާ ޗިކަން އަކީ އެ ގައުމުގެ އިތުރުން މުޅި ދުނިޔޭގައިވެސް ގިނަ ބަޔަކަށް ކަމުދާ މީރު ކެއުމެކެވެ. މުޅި ދުނިޔެއިން އެންމެ ފުރަތަމަ ބަޓަރ ޗިކަން އީޖާދުކުރި ފަރާތްކަމަށް ދައުވާ ކުރާ އެއްފަރާތަކީ އިންޑިއާގެ މަޝްހޫރު ރެސްޓޯރަންޓް މޯޓީ މަހަލް އެވެ.
1947 ވަނަ އަހަރު ކުންދާން ލާލް ނަމަކަށް ކިޔާ ދެމީހަކު ދިއްލީގައި ހުޅުވި އެ ރެސްޓޯރަންޓަކީ އެންމެ ފުރަތަމަ ބަޓާ ޗިކަން އުފެއްދި ތަން ކަމަށް އެމީހުން ވަނީ ބުނެފައެވެ.
އިންޑިއާގެ މަޝްހޫރު ރެސްޓޯރަންޓް މޯޓީ މަހަލް އަކީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ފަރާތްތަކަކުން އެ ތަނުގެ ކެއުންތަކަށް އިންސާފުކޮށްފައިވާ ރެސްޓޯރަންޓެކެވެ. އޭގެ ތެރޭގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ހިމެނިވަޑައިގަންނަވައެވެ.
މޯޓީ މަހަލްގެ ވެރީންގެ ތެރެއިން އެއް ކުންދާން ލާލް އާއިލާއިން ވަނީ މޯޓީ މަހަލް ދޫކޮށް ދަރިޔަންގަޖް ނަމުގައި ރެސްޓޯރަންޓެއް ހުޅުވާފައެވެ. ކުންދާން ލާލު ނަމަކަށް ކިޔާ ދެމީހުންގެ ދެ އާއިލާ މައްސަލަ ޖެހި އެންމެ ފަހުން ވަނީ ވަކި ދެ ރެސްޓޯރަންޓު ހުޅުވައި ވާދަވެރިކަން ބޮޑުވެފައެވެ.
ކޯޓަށް މި މައްސަލަ ވައްދަން ޖެހުނީ، މޯޓީ މަހަލް އަދި ދަރިޔަންގަޖް އިން ބަޓާ ޗިކަންގެ އަމިއްލަ ވަންތަކަމަށް ދައުވާކޮށް މައްސަލަ ކޮޅެއްގައި ނުޖެހުމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ