ބިދޭސީން ދިރިއުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ހ. ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުންގެ މަސައްކަތުން އެ ތަނުގައި ރޯވި އަލިފާންގަނޑު މިރޭ 6:23 ހާއިރު ނިއްވާލެވިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އެތަނުގައި އުޅެމުން އައީ ބިދޭސީންގެ ބަޔަކު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު