އއ. މާޅޮހު ކައުންސިލުގެ ބައި އިލެކްޝަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް ކާމިޔާބުކޮށްފިއެވެ.
މާޅޮހު ކައުންސިލުގައި އަންހެނުން ތަމްސީލުކުރާ ގޮނޑިއެއް ހުސްވުމުން މިއަދު ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާމިނަތު މާޔާއެވެ.
މާޔާއަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ 267 ވޯޓެވެ. އަދި އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަޒީނާ އާދަމަށް ލިބިވަޑައިގެންނެވީ 164 ވޯޓެވެ. އެ އިންތިހާބުގައި 79.93 އިންސައްތަ މީހުން ވޯޓު ލާފައިވާ އިރު، ސައްހަ ވޯޓަކީ 431 ވޯޓެވެ. އަދި ބާތިލުވީ 15 ވޯޓެވެ.
މާޅޮހަކީ އަބަދުވެސް އެމްޑީޕީގެ ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ވަނީ ފާހަގަކޮށްލެވިފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން ބޭއްވި ކޮންމެ އިންތިހާބެއްގައި ވެސް ކުރި ހޯދަމުން ގޮސްފައިވަނީ އެމްޑީޕީންނެވެ. އަދި މިހާރު އޮތް ކައުންސިލަކީ ވެސް އެމްޑީޕީގެ ކައުންސިލަރުން ހިމެނޭ ކައުންސިލެކެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ބޭއްވި ގިނަ ބައި އިލެކްޝަންތައް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު