ނޫކުލައިގެ ބޮޑު ޕިކަޕެއްގެ ފަހަތުގައި، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ހުތުރު ވައްތަރުތަކެއް ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މީހާ ހައްޔަރުކޮށް އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.
މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެ ވީޑިއޯއެއްގައި ފެންނަނީ، ކަޅު ޓީޝާޓެއް ލައިގެން ހުރި ޒުވާން ފުރައިގެ ފިރިހެނަކު ޕިކަޕެއްގެ ފަހަތުގައި ތިބި މީހުންނަށްވެސް ފެންނަ ގޮތަށް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖައްސާ މަންޒަރެވެ. އެ ޕިކަޕުގައި އިތުރު ދެ ފިރިހެނަކުވެސް ތިބި މަންޒަރު ފެނެއެވެ.
އެ ޒުވާނާ ވައްތަރުތައް ޖައްސަމުން ދިޔަ ވަގުތު އެ ޕިކަޕުގެ ފަހަތުގެ ވާތްފަޅިން އަންހެނަކު ސައިކަލުގައި ދުއްވަފައިދާ މަންޒަރު ފެނެއެވެ. ޕިކަޕުގެ ކަނާތްފަޅިން ދެބައި އުމުރުގެ ދެ ފިރިހެނަކުވެސް އެ ޕިކަޕް ފަހަތުން ސައިކަލެއްގައި ދުއްވާފައިދާ މަންޒަރުވެސް ފެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު