ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސް ބޭފުޅުންތަކަކަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.

އޭސީސީން މިރޭ ބުނީ އެ މައްސަލައަކީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

ސިޔާސީ މަގާމުތަކުގައި ކުރީގައި ތިއްބެވި ބައެއް މީހުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާ ކަމަށްބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުންޏެވެ.

ނަމަވެސް ތަހުގީގުކުރަމުން ދަނީ ކޮން ބޭފުޅުންތަކެއްގެ މައްސަލައެއްކަން އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.