ދެކުނު ކޮރެއާގެ ޑޮކްޓަރުންގެ މުޒާހަރާ ވަރުގަދަވެ ހޮސްޕިޓަލުތަކުން ރަތް އެލާޓް ނެރެފިއެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން އެ ގައުމުގެ ޑޮކްޓަރުންގެ ނިސްބަތް މަދުވުމުން އެކަމަށް ހައްލު ގެނައުމަށް ޑޮކްޓަރުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަން ފެށުމާއެކު މިހާރު ހިދުމަތުގައި ތިބި ޑޮކްޓަރުން ކުރަމުންގެންދާ މުޒާހަރާތައް ވަރުގަދަވެ އިތުރު ޑޮކްޓަރުން ވަނީ ބައިވެރިވެފައެވެ.
އޮފިޝަލުން ވަނީ އެގައުމުގެ އެންމެ ބޮޑު ހޮސްޕިޓަލުތަކުގެ އިމަޖެންސީ ޑިޕާޓްމަންޓުތައް ހުއްޓުމަކަށް އައުމާއެކު ރަތް އެލާޓް ނެރެފައެވެ. ދެކުނު ކޮރެއާގައި ޑޮކްޓަރުން ކުރަމުންގެންދާ މުޒާހަރާތަކުގައި އެ ގައުމުގެ ތިންބައިކުޅަ ދެބައި އަދަދެއްގެ ޑޮކްޓަރުން ބައިވެރިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮރެއާގެ ހެލްތު މިނިސްޓްރީން ވަނީ މުޒާހަރާތަކުގައި 8400 އަށްވުރެ ގިނަ ޑޮކްޓަރުން ބައިވެރިވާކަމަށް ފާހަގަކޮށްފައެވެ. ކޮރެއާ ސަރުކާރުން ވަނީ މުޒާހަރާތައް ހުއްޓާނުލާނަމަ އެކަމުގައި ބައިވެރިވާ މީހުން ހައްޔަރު ކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.
ދެކުނު ކޮރެއާގެ އެކި ކަންކޮޅުތަކުގައި ޑޮކްޓަރުން ކުރާ މުޒާހަރާތަކުގައި އެގައުމުގެ ރައީސް އޮފީސް ހިމެނޭ ސަރަހައްދުގައި ވެސް 300 ވަރަކަށް ޑޮކްޓަރުން މުޒާހަރާކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދެކުނު ކޮރެއާ އަކީ ދުނިޔޭގައި ނިސްބަތުން އެ ގައުމުގެ އާބާދީގެ އެންމެނަށް ހިދުމަތް ދެވޭވަރަށްވުރެ ޑޮކްޓަރުން މަދު ގައުމެކެވެ.
ޑޮކްޓަރުންގެ ނިސްބަތް މަދުވުމުން ދެކުނު ކޮރެއާގެ ޑޮކްޓަރުންނަށް ލިބޭ މުސާރައަކީ ބޮޑު މުސާރައެކެވެ.
ދެކުނު ކޮރެއާގެ ކޮންމެ 1000 މީހަކަށް 2.5 ޑޮކްޓަރުން ތިބިއިރު އެކަމުގެ ހައްލެއްގެ ގޮތުން ސަރުކާރުން ވަނީ ޑޮކްޓަރުންގެ ނިސްބަތް އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ