ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 13 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ވިލިމާލެ ބޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިރޭ 7:48 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެގެން 13 މީހަކަށް ފަރުވާދިނުމަށް ވިލިމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭގެ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ ދިހަ މުވައްޒަފަކާއި އަނަންތަރާ ރިސޯޓުގެ ލޯންޗެއްގައި ދަތުރުކުރި ތިން މީހަކު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އަނިޔާވި 13 މީހުންގެ ތެރެއިން ދެ މީހެއްގެ އަނިޔާ ސީރިއަސްއެވެ. ނަމަވެސް އަނިޔާގެ ފުރިހަމަ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު