ރާއްޖެ އެތެރެކުރާ، ލަންކާގެ ކުންފުންޏަކުން އުފައްދާ ޕެނެޑޯލް (ޕެރެސެޓެމޯލް) 500 މިލިގްރާމްގެ ކާ ބޭހުގެ ކޮލިޓީގައި މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕެނަޑޯލް 500 މިލިގްރާމް ގުޅަ ބޭހުން ކޮލިޓީ މައްސަލައެއް ފާހަގަ ވެފައިވާތީ، އެ އޮތޯރިޓީގެ ފަރާތުން އެކަން އިތުރަށް ބެލުމުގެ ގޮތުން ލެބޯޓްރީ ތަހުލީލުތައް ކޮށް ނަތީޖާ ވަނީ ލިބިފައިކަމަށެވެ.
ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުން "ޕެނަޑޯލް" ބްރޭންޑްގައި ހުންނަން ޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންތު ހުރިކަން ވަނީ ޔަގީންވެފަކަމަށާއި، ޕެެނެޑޯލް 500 މިލިގްރާމްގެ ގުޅަ ވަނީ ތަހުލީލުކޮށް އޭގެ ނަތީޖާ ލިބިފައިވާކަމަށާއި އަދި ނަތީޖާއިން ފެންނަ ގޮތުގައި "ޕެނެޑޯލް" ބެރޭންޑުގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓެޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓެންތްން ހުރިކަން ވަނީ ޔަގީންވެފައިކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެ ބޭހުން ފާހަގަވި މައްސަލަ ދިމާވީ ބެސް ގުދަން ކުރުމުގައާއި ބޭސް އުފުލައިހެދުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކަށް އަމަލު ނުކުރުމުންކަމަށާއި އެކަން ފާހަގަވި ބެޗް މިހާރު ރާއްޖޭގެ ބޭހުގެ މާކެޓުން ނަގާފައިވާކަމަށްވެސް އެމްއެފްޑީއޭއިން ބުނެއެވެ.
އެހެންކަމުން ކުރިން މަނާކުރި ޕެނެޑޯލް (ޕެރެސެޓެމޯލް) 500 މިލިގްރާމްގެ ކާ ބޭސް ކުރިއެކޭވެސް އެއްގޮތަށް ވިއްކައި ބޭނުން ކުރުމަކީ ހުއްދަ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެމްއެފްޑީއޭގެ އިއުލާނުގައި އިތުރަށް ބުނީ، އެދަފަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ބަހައްޓަން ޖެހޭ މިންގަނޑުތައް އެ އޮތޯރިޓީން ވަނީ ނެރެފައި ކަމަށާއި ބެސް ވިއްކާފަރާތްތަކަށް އަދި ބޭސް ގުދަންކުރާ ފަރާތްތަކަށް ވެސް އެކަން އަންގާފައިވާނެ ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު، މެޑިސިންގް އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަމްބަރު 7200321، 3014308 އަދި 3014316 ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު