ނޫކުލައިގެ ބޮޑު ޕިކަޕެއްގެ ފަހަތުގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލައިގައި އެ މީހާ ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންކަމަށެވެ.
ސޯޝަލް މީޑިއާގައި ރޭ ދައުރު ވި ވީޑިއޯއެއްގައި ފެންނަނީ، ކަޅު ޓީޝާޓެއް ލައިގެން ހުރި ޒުވާން ފުރައިގެ ފިރިހެނަކު އެކި ގޮތްގޮތަށް ފޫކޮޅު ހަލުވަމުން ޕިކަޕެއްގެ ފަހަތުގައި ތިބި މީހުންނަށްވެސް ފެންނަ ގޮތަށް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖައްސާ މަންޒަރެވެ.
އެއީ ދުވާލުގެ ވަގުތެއްކަން ވީޑިއޯއިން ސާފުކޮށް އެނގޭއިރު، އެ ޕިކަޕުގައި އިތުރު ދެ ފިރިހެނަކުވެސް ތިބި މަންޒަރުފެނެއެވެ.
އެ ޒުވާނާ ވައްތަރުތައް ޖައްސަމުން ދިޔަ ވަގުތު އެ ޕިކަޕުގެ ފަހަތުގެ ވާތްފަޅިން އަންހެނަކު ސައިކަލުގައި ދުއްވަފައިދާ މަންޒަރު ފެނެއެވެ. ޕިކަޕުގެ ކަނާތްފަޅިން ދެބައި އުމުރުގެ ދެ ފިރިހެނަކުވެސް އެ ޕިކަޕް ފަހަތުން ސައިކަލެއްގައި ދުއްވާފައިދާ މަންޒަރުވެސް ފެނެއެވެ.
އޭގެ އިތުރުން ފިކަޕް ފަހަތުން ދުއްވާފައި ދިޔަ އަންހެން މީހާއާއި ދިމާއަށް ފޫކޮޅު އެނބުރުމަށްފަހު އެ ޕިކަޕުގައި އިން ޒުވާން ފިރިހެން މީހާ ލައިގެން ހުރި ކަޅު ފަޓުނޫލު ނުވަތަ ޖިންސް ތިރިކުރުމަށްފަހު އޭނާ އެތެރޭން ލައިގެން ހުރި ބޮކްސާ ފެންނަ ގޮތަށް އަނެއްކާވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި އެވެ.
އެވަގުތު މަގުމަތިން ކުޑަކުދިންނާއި ހިނގާފައިދާ މީހުންނަށްވެސް މި މަންޒަރުތައް ދިޔައީ ފެންނަމުންނެވެ.
ފުލުހުން އެދެނީ، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވައި އޭނާގެ މައުލުމާތު ހިއްސާކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު