ކުރިއަށް އޮތް ފަސް އަހަރު، ކޮންމެ އަހަރަކުވެސް ސަރުކާރުގެ އެހީގައި ޖުމުލަ ދިހަ ކުދިން ބޯންމެރޯ ޓްރާސްޕްލާންޓް ހަދަން ފޮނުވަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު އިސްލާމިކް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
އެ އެއްބަސްވުމަކީ، ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެ އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވުނު އެއްބަސްވުމެކެެވެ.
އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ. އަދި ހެލްތު މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ފަސް އަހަރު، ކޮންމެ އަހަރަކު ދިހަ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ އިރު، ކުރިއަށްއޮތް ފަސް އަހަރަށް ބަލާ ނަމަ، ކޮންމެ އަހަރަކު ދިހަ ކުދިން، ފަސް އަހަރުން 50 ކުދިންނަށް ޖުމުލަ 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވާ ކޮންމެ ކުއްޖަކަށް ދިނުމަށް ހަމަޖެހިފައިވަނީ، "ކުއްޖަކަށް އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ގޮތުގެ މަތިން،" ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހިލޭ ހެދޭނެ ގޮތަށް ނިޒާމު ގާއިމުކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު