ބަޔާން މިއުނިކް ތޯމަސް ޓުޗެލް، މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.
އުމުރުން 50 އަހަރުގެ ޓުޗެލް، ބަޔާންގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަނުގެ ތެރެއިން، ޖޫލިއަން ނަގެލްސްމަން މަގާމުން ދުރުކުރުމަށްފަހުއެވެ. ޓުޗެލް ބަޔާނާއެކު އެއްބަސްވެފައި ވަނީ 2025 ވަނަ އަހަރާ ހަމައަށް ނަމަވެސް، މި ސީޒަނުގެ ނަތީޖާތައް ދަށްވުމުން ޓުޗެލްއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.
މީގެ ކުރިން ޗެލްސީ އާއި ޕީއެސްޖީއަށްވެސް ކޯޗުކަން ކޮށްދިން ޓުޗެލް، މިދިޔަ ސީޒަނުގައި ބަޔާންއާއެކު ލީގު ތަށި ނަގާފައިވާ އިރު، އެ ފޯމު މި ސީޒަނުގައި ތަކުރާރެއް ނުކުރެވުނެވެ. މިހާތަނަށް ސީޒަނުގައި ބަޔާނަށް އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، މިދިޔަ ނުވަ ވަރަކަށް ދުވަސް ތެރޭ ތިން ބަލިވެފައިވެއެވެ.
ބަޔާން ޖަރުމަނު ލީގު ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ބަޔާން ލެވަކޫސަންއަށްވުރެ އަށް ޕޮއިންޓް ފަހަތުގައެވެ. އޭގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ބަޔާންއިން ކުޅުނު މެޗުގައި ލާޒިއޯ ކައިރިންވެސް އޮތީ ބަލިވެފައެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް