މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބިލުގެ ގޮތުގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ހުށަހަޅައިފިއެވެ.
މިއީ ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައިވެސް ހިމަނާފައިވާ ކަމަށެވެ.
މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަަރު، އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެކްސްގައި މިއަދު ވިދާޅުވީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
"ހާއްސަ އިސްކަމެއް ދީގެން މި ބިލު ހުށަހެޅުމުން ޔަގީންވަނީ މާލީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ރައީސް މުއިއްޒު އަޅުއްވާކަން" ސިރާޖު ވިދާޅުވިއެވެ.
އެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.
ސޮވަރިން ފަންޑަކީ ބޭރުގެ ދަރަނި ދެއްކުމަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި ފަންޑެކެވެ. އެ ފަންޑުގައި ފުރަތަމަ ފައިސާ ބަހައްޓަން ފެށީ ޑޮލަރުންނެވެ. ނަމަވެސް މިދިޔަ ސަރުކާރުން ވަނީ ޑޮލަރު މާރުކޮށް ރުފިޔާއަށް ބަދަލުކޮށްފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ، ސޮވަރިން ފަންޑަށް މިހާރު ޑޮލަރު ޖަމާކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު