އެޗްޑީސީގެ ޗެއާމަން ކަމަށް ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު އިއްޔެ ހަމަޖައްސައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އޭނާ އެ މަގާމަށް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

ޒުހޫރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ. އޭގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރެއްވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޭނާ ވަނީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމުގެ ފުރުއްވައިފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ފަޒުލް ރަޝީދެވެ. ބޯޑުގެ ޗެއާގެ އިތުުރުން އެ ކުންފުނީގެ ބޯޑުގައި އަށް ބޭފުޅުން ތިއްބަވައެވެ.