މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ޓޭކް އޮފް" ގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތައް ކްރޮސްރޯޑް މޯލްޑިވްސްގައި ބާއްވާ އެ ފޯރަމުގެ މަގުސަދަކީ އެމްއޭސީއެލް އިން ބުނި ގޮތުގައި އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއް މިސްރާބަކަށް ގެންދިއުމަށާއި އަދި މި އަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ހިއްސާކޮށް އެކަންކަން ހާސިލުކުރުމަށް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.
މިއީ އެމްއޭސީއެލްގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް ބޭއްވި އެފަދަ ފުރަތަމަ ފޯރަމެވެ. އެފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝަރީފު ވިދާޅުވީ،
ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއް ކަމަށާއި އެމްއޭސީއެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ހަމައެކަނި ކުރު މުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިއަށް ދިއުމަކީ މުސްތަގުބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލް ވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން," ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު