އައްޑޫ ސިޓީން (މުހައްމަދު އިޝާން، ވަން އޮންލައިން)
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
އެ މަނިކުފާނު މި ސިޓީއަށް ވަޑައިގެންނެވީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. މި ދަތުރުފުޅުގައި ރައީސްއާއެކު ސަރުކާރު ބައެއް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އަދި ރައީސް އޮފީހުގެ އިސްވެރިން އައްޑުއަށް ވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒަށް އައްޑުއަށް ވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެމަނިކުފާނަށް މަރުހަބާ ކިޔުމަށްޓަކައި އައްޑޫގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވެފައެވެ.
މި ދަތުރުފުޅުގައި ރައީސް އައްޑޫގެ ހުރިހާ އަވަށްތަކަށް ވަޑައިގެން ކައުންސިލާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ. އަދި އައްޑޫ ބުރިޖުގެ މަސައްކަތުގެ ޕްރިލިމިނަރީ މަސައްކަތް ބަޔަކާ ހަވާލުކޮށްދެއްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު