އެއްދުވަހުގެ ބައިނަލްއަގުވާމީ ކުރިކެޓްގައި އިންޑިއާގެ ކުރީގެ ސުޕަރ ސްޓާރ ސަޗިން ޓެންޑުލްކާރު ގާއިމުކޮށްފައިވާ ރިކޯޑެއް އަފްޣާނިސްތާނުގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ނަބީ މި ހަފުތާގައި މުގުރާލައިފިއެވެ.
އުމުރުން 39 އަހަރުވީ މުހައްމަދު ނަބީ ވަނީ މިދިޔަ ހުކުރު ދުވަހު ސްރީލަންކާއާ ދެކޮޅަށް 130 ބޯޅައިން 136 ލަނޑު ހަދައިފައެވެ. އޭނާ ހިމެނުނީ އެއްދުވަހުގެ ބައިނަލްއަގުވާމީ ކުރިކެޓްގައި ސައްތަ ހެދި އެންމެ ދުވަސްވީ ހަ ވަނަ ކުޅުންތެރިއާ ކަމުގައެވެ. އަދި އެއްމެޗުގައި އެންމެ ގިނައިން ސްކޯރކުރި އެންމެ ދޮށީ ކުޅުންތެރިޔާ ކަމުގައެވެ. ކުރިން މި ރިކޯޑް އޮތީ އިންޑިޔާގެ ސަޗިން ޓެންޑުލްކާރުގެ އަތުގައެވެ.
މި މެޗުގައި މުހައްމަދު ނަބީ މި ރިކޯޑު މުގުރައިލިޔަސް އަދި އެއްދުވަހުގެ ކުރިކެޓްގެ އައު ކިތަންމެ ރިކޯޑެއް މި މި މެޗުގައި ގާއިމުވިޔަސް ސްރީލަންކާ އަތުން އަފްޣާނިސްތާނު ވަނީ ބަލިވެފައެވެ. ސްރީލަންކާ އެންމެ ފުރަތަމަ ކުޅެން ނުކުމެ ތިންވިކެޓަށް ހެދި 381 ލަނޑުގެ ޖަވާބުގައި އަފްޣާނިސްތާނަށް ހެދުނީ ހަ ވިކެޓަށް 339 ލަނޑެވެ.
ލަންކާގެ ބެޓްސްމަން ޕަތުމް ނިސާންކާ ހެދި 210 ލަނޑަކީ ސްރީލަންކާގެ ކުޅުންތެރިޔަކު އެއްދުވަހުގެ ބައިނަލްއަގުވާމީ ކުރިކެޓްގައި ހެދި ފުރަތަމަ ޑަބަލް ސެންޗަރީއެވެ. އަފްޣާނިސްތާނުގެ ޖުމްލަޔަކީ އެއްދުވަހުގެ ކުރިކެޓްގައި މިހާތަނަށް އެގައުމުގެވެސް އެންމެ މަތީ ސްކޯއެވެ. މުހައްމަދު ނަބީ އާއި އަޒްމަތު ﷲ އުމަރުޒާއީގެ ޕާޓްނަރޝިޕްގައި ހެދި 242 ލަނޑަކީ ފަސްކުޅުންތެރިޔަކު ނުބައިވެފައިވަނިކޮށް އޭގެފަހުން ކުޅެން ނުކުމެ އެއްދުވަހުގެ ކުރިކެޓްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ހެދުމުގެ ޕާރޓްނަރޝިޕް ރިކޯޑެކެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު