ދޯހާ މެރަތަން 2024 އަށް ފޮނުވާ ދެ ނަސީބުވެރި ކަސްޓަމަރުން އުރީދޫ މޯލްޑިވްސްއިން ހޮވައިފިއެވެ.

ދޯހާ މެރަތަންއަށް ދިއުމަށް ހޮވިފައިވާ ދެ ކަސްޓަމަރުންނަކީ އަފީފު އަބްދުލް ސަމަދު އަދި މުހައްމަދު އަހުމަދެވެ.

އުރީދޫން މިއަދު ބުނީ އެ ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެއް ކަމަށެވެ.

އަފީފު އަބްދުލް ސަމަދާއި މުހައްމަދު އަހްމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިން ކަމަށް ވެސް އުރީދޫން ބުންޏެވެ.

ޝަރުތުތަކުގެ ތެރޭގައި، ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.