އެއް ދުވަސްތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑް މުގުރާލެވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ރާއްޖެއަށް 10،213 ފަތުރުވެރިން އަންނާނެ ކަމަށާ އެއީ ރެކޯޑެއް ކަމަށެވެ.

"މި ހިތްގައިމު ކާމިޔާބީއަށް ޓަކައި އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ތެެރޭގައިވެސް ވަނީ، އެއް ދުވަހެއްގެ ތެރޭގައި ރާއްޖެއަށް 8،900 ފަތުރުވެރިން އައިސްފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވަނީ ޗައިނާއާއި ހުޅަނގު ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް ޗައިނާއިންނެވެ.