ފުޓުބޯޅައިގެ ގަވާއިދުތައް ހަދާ ފަރާތެއް ކަމަށްވާ އިންޓަނޭޝަނަލް ފުޓުބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ނޫ ކުލައިގެ ކާޑު ޓެސްޓް ކުރަން ހާއްސަ ތާވަލެއް އިއުލާނުކުރަން ތައްޔާރުވެއްޖެއެވެ.
ނޫ ކުލައިގެ ކާޑަކީ 10 ވަރަކަށް މިނެޓަށް ކުޅުންތެރިޔަކު، އަދަބެއްގެ ގޮތުން ދަނޑުން ބޭރުކޮށްލެވޭ ކާޑެކެވެ. އެ ކާޑު އާންމުކޮށް ދައްކަން ކަނޑައަޅާފައި ވަނީ ކައުންޓާ އެޓޭކް ހުއްޓުވަން ކުރާ ޓެކްނިކަލް ފައުލްތަކަށެވެ. ހާއްސަކޮށް ގަސްދުގައި ކުޅުން ހުއްޓުވާލަން ބޭނުންކުރާ ފައުލްތަކަށެވެ. މިސާލެއްގެ ގޮތުގައި ޔޫރޯ 2020 ގެ ފައިނަލްގައި އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލީނީ، އިންގްލެންޑް ބުކަޔޯ ސަކާއަށް ކުރި ފައުލް ވަނީ އައިއެފްއޭބީން ނަގައިފައެވެ.
ނޫ ކާޑުގެ ޓްރަޔަލްތައް ފެށުމަށް އައިއެފްއޭބީން އަދި ވަކި ތާރީހެއް ނުނިންމައެވެ. މިހާރުވެސް ގްރާސް ރޫޓް ލެވެލްގެ މުބާރާތްތަކުގައި ކުދިން ޑިސިޕްލިން ކުރުމަށް ނޫ ކާޑު މަދުމަދުން ބޭނުންކުރަމުން އަންނައިރު، އައިއެފްއޭބީން މިހާރު ބޭނުންވަނީ ސީނިއާ ލެވެލްގައިވެސް ނޫ ކާޑު ބޭނުން ކުރަން ފަށާށެވެ.
އައިއެފްއޭބީން އެދުމުން މިހާރުވެސް ޕްރިމިއާ ލީގުން ވަނީ އެ ޓެސްޓް ކުރަން ނޫނެކޭ ބުނެފައެވެ. ފީފާއިން ބުނެފައި ވަނީ ނޫ ކާޑަކީ އެލީޓް ލެވެލް ފުޓުބޯޅައިގައި ބޭނުންކުރަން އެކަށީގެންވާ ކާޑެއް ނޫން ކަމަށާއި، އެ ކާޑު ޓެސްޓް ކުރަންވެސް ޖެހޭނީ ހަމައެކަނި އުމުރުފުރާ މުބާރާތްތަކަށް ކަމަށެވެ.
އައިއެފްއޭބީގެ އާންމު ބައްދަލުވުމެއް ސްކޮޓްލޭންޑްގައި މިއަހަރު މާޗު މަހު ބާއްވަން ހަމަޖައްސާފައިވާ އިރު، އެ ބައްދަލުވުމުގައި ނޫ ކާޑުގެ މަޝްވަރާ ކުރާނެއެވެ. 2018-19 ވަނަ އަހަރުން ފެށިގެން އިނގިރޭސި ފުޓުބޯޅައިގެ އުމުރުފުރާތަކުގެ ކުދި މުބާރާތްތަކުގައި ނޫ ކާޑު ބޭނުންކުރަމުން އަންނައިރު، ގްރާސް ރޫޓް ލެވެލްގައި ކުދިން ޑިސިޕްލިން ކުރަން އެ ކާޑު އެހީވާ ކަމަށް އައިއެފްއޭބީން ބުނެފައިވެއެވެ. އެގޮތުން 38 ޕަސެންޓް، ޓެކްޓިކަލް ފައުލް މަދުވާ ކަމަށްވެސް އައިއެފްއޭބީން ބުނެފައިވެއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު