ދަނޑުވެރިކަން ކުރިއަރުވަން މީގެން ޒަމާނަކު ނުކުރާ ހޭދަ މި ސަރުކާރުން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކެރިފޯރުންތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ގައުމަށް ބޭނުންވާނެ އަސާސީ ކާބޯތަކެތި ކަށަވަރުކުރުން ކަމަށެވެ.
އެގޮތުން ދަނޑުވެރިކަން ފުޅާކޮށް ރާއްޖެއަށް ފުދޭވަރަށް ރާއްޖޭގައި ހެއްދެން ހުރި ބާވަތްތައް ހެދުމުގެ ސަބަބުން ގައުމުގައި ބޭރު ފައިސާ ހިފެހެއްޓުން އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.
"ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުބިންތަކާ ދަނޑުވެރީން ގިނަކުރުމަށް މީން ޒަމާނަކު ރާއްޖޭގައި ނުކުރާ ހޭދަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު