އިންޓަ މިއާމީން ހޮން ކޮންގްގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ލިއޮނަލް މެސީއަށް ނުކުޅެވުމުން ސަޕޯޓަރުން ނުރުހުންވެ ޓިކެޓް ރިފަންޑް ދޭން ގޮވާލައިފިއެވެ.
އެމެރިކާ ލީގު ފެށެން ވާއިރަށް ޓީމު ތައްޔާރުވުމަށް އިންޓަ މިއާމީން ޕްރި ސީޒަން ޓުއާގައި މެޗުތައް ކުޅެމުންދާ އިރު، ހޮންގް ކޮންގްގެ ލޯކަލް ލީގުން ހޮވާލެވުނު ގަދަ 11 އާ ދެކޮޅަށް ރޭ ކުޅުނު މެޗު އިންޓަ މިއާމީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗު ބެލުމަށް ގާތްގަނޑަކަށް 40،000 އެއްހާ ސަޕޯޓަރުން ވަދެފައިވާ އިރު، ގިނަ ސަޕޯޓަރުން އިންތިޒާރުކުރީ މެސީ ފެނުމަށެވެ.
މެޗުގެ ކުރިން މެސީ ފަލަމަސްގަނޑުގެ އަނިޔާއެއްގައި ހުރި އިރު، މެޑިކަލް ޓީމުން މެސީ ނުކުޅުވަން ވަނީ އެދިފައެވެ. އެކަމުގެ ސަބަބުން މެޗުގެ ތެރެއިން އިންޓަ މިއާމީގެ ކޯ އޯނަރު، ޑޭވިޑް ބެކަމް ދެއްކި ވާހަކައަށް ސަޕޯޓަރުން ހުރަސް އަޅައި ބޫ ކޮށްފައިވެއެވެ. އަދި ރިފަންޑް ދޭން އަޑު އުފުލާފައިވެސް ވެއެވެ.
ހޮން ކޮންގްގެ ސަރުކާރުން ބުނެފައި ވަނީ މެޗު އިންތިޒާމުކުރީ ޓަޓްލާ އޭޝިއާ ކިޔާ ހާއްސަ ކުންފުންޏަކުން ކަމަށެވެ. މެސީ ނުކުޅުމާއެކު ސަޕޯޓަރުންނަށް ރިފަންޑް ދޭން އެ ކުންފުންޏަށް މަޖުބޫރު ހާލަތަކަށް ދާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ބުނީ މެޗު އިންތިޒާމުކުރި ފަރާތުން ސަޕޯޓަރުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި، މެސީއަށް ނުކުޅެވުމަކީ އުންމީދުތަކަށް ހުރެސް އެޅުން ކުރިމަތިވި ކަމެއް ކަމަށެވެ.
އެ މެޗަށް ތައްޔާރުވާން ސަރުކާރުން ވަނީ ޓަޓްލާ އޭޝިއާއަށް 15 މިލިއަން ހޮން ކޮންގް ޑޮލަރު ދީފައެވެ. އަދި ދަނޑަށްވެސް ފައިސާ ދެއްކީ ސަރުކާރުންނެވެ. މެޗަށް ޓިކެޓް ވިއްކާފައި ވަނީ 1،000 ހޮން ކޮންގް ޑޮލަރަށެވެ. އެއީ ގާތްގަނޑަކަށް 100 ޑޮލަރުގެ އަގެކެވެ.
މެޗުގެ ދެވަނަ ހާފުގެ ތެރެއިން "ވީ ވޯންޓް މެސީ"ގެ ޗޭންޓުން ދަނޑު ގުގުމާވެސް ލާފައިވާ އިރު، މެޗަށްފަހު ޓަޓްލާއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ މެސީއާއި ލުއިސް ޝުއަރޭޒް އަނިޔާގެ ސަބަބުން މެޗު ނުކުޅޭނެ ކަމެއް އެނގިފައި ނުވާ ކަމަށާއި، ދެ ކުޅުންތެރިންނަށް މެޑިކަލް ކްލިއަރެންސް މެޗަށް ލިބިފައި ނުވާ ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ