އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އެޕަލް ވިޝަން ޕްރޯ ވާޗުއަލް ރިއަލިޓީ ހެޑްސެޓް ރަސްމީކޮށް އެމެރިކާގައި ވިއްކަން ފަށައިފިއެވެ. މި ހުކުރު ދުވަހު، ކުރިން ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ހެޑްސެޓް ދޫކުރަން ފެށި އިރު އެޕަލްގެ ފިހާރަތަކުން ވަގުތުން ގަންނަން ވެސް ލިބޭނެ އެވެ. އެޕަލްގެ ސީއީއޯ ޓިމް ކޫކް ވަނީ ހުކުރު ދުވަހުގެ ހެނދުނު ނިއުޔޯކް ސިޓީގައި ހުންނަ އެ ކުންފުނީގެ ފްލެގްޝިޕް ފިފްތު އެވިނިއު ފިހާރައަށް ހާޒިރުވެ ހެޑްސެޓް ނެރުނު ކަން ފާހަގަކޮށްފަ އެވެ.
މި ކަމަށް ބޭއްވި ހާއްސަ ހަފުލާގައި ޓިމްކުކް ސީއެންބީސީގައި، ވިޝަން ޕްރޯގެ އަގު ބޮޑުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ވިޝަން ޕުރޯ އަގު ބޮޑުވަނީ އެއީ “މާދަމާގެ ޓެކްނޮލޮޖީ މިއަދު” ވިއްކާތީ ވާ ގޮތެއް ކަމަށެވެ. ވިޝަން ޕްރޯގެ އަގު 3،500 ޑޮލަރަށް އަރާތީ އެކަމާ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.
އެހެން ނަމަވެސް "އަހަރެމެންނަށް ހީވަނީ މިފަދަ އުފެއްދުމެއްގެ އަގަށް ބަލާއިރު މިފަދަ އީޖާދީ އަދި އާ ޓެކްނޮލޮޖީގެ އަގު ބޮޑުވާނެ ހެން." ކޫކް ބުންޏެވެ.
މި ދިޔަ ބުރާސްފަތި ދުވަހު އެޕަލްގެ އާމްދަނީ ކޯލްގައި ކޫކް ވިދާޅުވީ ވިޝަން ޕްރޯ ވެސް އެންޓަޕްރައިސް ޕްރޮޑަކްޓެއްގެ ގޮތުގައި ބަލައިގަންނަމުންދާ ކަމަށާއި ކަސްޓަމަރުންނަށް ޕްލެޓްފޯމެއްގެ ގޮތުގައި ބަލައިގަނެ ހެޑްސެޓަށް އިންވެސްޓް ކުރަން ފަށާފައިވާ" ކަމަށެވެ.
މި އަޖައިބު ކުރުވަނިވި އަދި ޖާޖުވީ ފަހުގެ ޓެކްނޮލޮޖީ އާއި ބެހޭ ގޮތުން ކޫކް ބުރާސްފަތި ދުވަހު ބުނީ އެޕަލް އިން އަބަދުވެސް އެމީހުންގެ ވަފާތެރީންނަށް އާ އުފެއްދުން ގެނެސްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި އެގޮތުން ވިޝަން ޕްރޯ މިހާރު އެ ކުންފުނީގެ އޮފާތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ "ސްޕެޝަލް ކޮމްޕިއުޓިން" ނުވަތަ ވާޗުއަލް ދުނިޔޭގައި ބޭނުން ކުރާ ކޮމްޕިއުޓަރުގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ 600 އަށްވުރެ ގިނަ އެޕްލިކޭޝަނާއި އެކިއެކި ގޭމްތައް މި ހެޑްސެޓްގައި ލިބޭނެ ގޮތް ހަދާނެ ކަމަށެވެ.
އެޕަލް އިން ބުރާސްފަތި ނެރުނު ރިޕޯޓްގައި ވާ ގޮތުގައި މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއަކީ އާމްދަނީ އާއި އާމްދަނީގެ އަންދާޒާތަކަށް ރަނގަޅު އަދަދެކެވެ. އެޕަލްގެ ވެއަބަލްސް ވިޔަފާރި، “އަދަރ ޕްރޮޑަކްޓްސް”ގެ ނަމުން ވެސް ނަންދެވިފައިވާ ވިޔަފާރި، އަހަރުން އަހަރަށް ބަލާއިރު %11 ދަށްވެފައި ވެއެވެ. އެޕަލް ވޮޗް އަދި އެއާޕޮޑްސް އާއި ވެއަބަލްސް ކެޓަގަރީގައި ވިޝަން ޕްރޯ ގުޅިފައިވީ ނަމަވެސް އެ ހެޑްސެޓުން ފުރަތަމަ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ލަފައެއް ނުކުރެއެވެ. އެހެން ނަމަވެސް މި އުފެއްދުން ގިނަ ބަޔަކަށް މަގުބޫލު އެއްޗަކަށް ވާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި އުފެއްދުމުގެ ވިޔަފާރިއަށް ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށް ވިޔަފާރީގެ ތަޖުރިބާކާރުން ދެކެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ