ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދިވެހި ކަންނެލި ދޯންޏަކަށް އިންޑިއާގެ ސިފައިން އެރި ކަމަށް ބުނާ މައްސަލައަށް އެމްއެންޑީއެފުން ބަލަން ފަށައިފިއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނި ގޮތުގައި އިންޑިއާ ސިފައިން އަރާފައި ވަނީ، އދ. މަހިބަދޫގެ “އަސުރުމާ 3” ދޯންޏަށެވެ.

"އަސުރުމާ 3" ދޯނިން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި އެ ދޯންޏަށް އިންޑިއާގެ އަސްކަރީ ދެ މަނަވަރެއް ކައިރިކޮށް އޭގައި ތިބި ސިފައިން އަރާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

މި މައްސަލަ މިހާރު ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެމްއެމްޑީއެފްގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށް އެނގިފައިވެއެވެ.