ދަ ޑިމޮކްރެޓްސްއިން މަޖިލިސް ޕްރައިމަރީ ބާއްވާނީ އެންމެ ހަތަރު ދާއިރާއެއްގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސްއިން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ފަރާތުން މަޖިލިސްއާ ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 41 ދާއިރާއަކުން 46 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން އެއް ކެންޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލާފައިވަނީ ހަތަރު ދާއިރާއަކަށް ކަމަށެވެ.
- ހެންވޭރު ދެކުނު ދާއިރާ
- ކަނޑިތީމު ދާއިރާ
- ކެލާ ދާއިރާ
- ހުޅުމާލެ ދެކުނު ދާއިރާ
ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކުރާނެ ކަމަށް ދަ ޑިމޮކްރެޓްސްއިން ބުންޏެވެ.
ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ހިމެނެއެވެ.
އޭގެ ތެރޭގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު