ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިނިސްޓަރު އޮފް ޓޫރިޒަމް އިބްރާހީމް ފައިސަލަށް ރުހުންދޭން ފާސްކުރީ، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް ރުހުން ދޭން ނުފެންނަކަމަށް ދެ މެންބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކުވެސް އިންނެވިއެވެ.
ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން 19 ވަޒީރުންނަށް ރުހުންދޭން މިއަދު މަޖިލީހުން ފާސްކުރިއެވެ. ނަމަވެސް ތިން ވަޒީރަކަށް ރުހުން ނުދޭން ފާސްކުރިއެެވެ.
އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ، މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑޮކްޓަ އަލީ ހައިދަރު އަހުމަދު ހިމެނިވަޑައިގެންނަވައެވެ.
މި ތިން ބޭފުޅުންނަކީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ފަަރާތުން ރުހުން ނުދޭން ނިންމި ވަޒީރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު