ފުވައްމުލަކު ސިޓީގައި މޫދަށް އެރިއުޅުނު މީހަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ މިއަދު ހެނދުނު 7:30 އެހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަކަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. ގެނބިގެން މަރުވެފައި ވަނީ 23 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.