މިއަދު ކުރިއަށްދާ ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގައި ވޯޓުލާން ބެހެއްޓި ގިނަ ފޮށިތައް ބަންދުކޮށް ނަތީޖާ އިއުލާނުކޮށްފިއެވެ.
މިވަގުތު ބަންދުނުކޮށް ހުރީ ވޯޓުލުން ލަހުން ފެށި ފޮށިތައް އެކަންޏެވެ. މިއަދުގެ އިންތިހާބުގެ ވޯޓުލާން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުން ނިންމަން އޮތް ރަސްމީ ގަޑިއަކީ ހަވީރު 5:00 އަށް ނަމަވެސް އެ ގަޑިއަށް ބައެއް ފޮށިތަކުގައި ވޯޓުލުން ނިމިފައެއް ނުވެއެވެ.
ބަންދުކުރި ބައެއް ފޮށިތަކުގެ ވޯޓު ގުނައި ނަތީޖާވެސް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމްލަ 227 ވޯޓު ފޮށި ބެހެއްޓި އިރު، 283 ކެންޑިޑޭޓުން ވާދަކުރިއެވެ. ޕްރައިމަރީއަކާ ނުލައި 13 ބޭފުޅަކަށް ޓިކެޓު ވަނީ ޔަގީންވެފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިވަގުތު ބަންދު ނުކޮށް ހުރި ފޮށިތަކަކީ ވޯޓު ކަރުދާސް ހުސްވުމުން ގިނަ އިރުތަކެއް ވަންދެން ވޯޓުލުން މެދުކެނޑުނު ފޮށިތަކެވެ.
މާލެ ސަރަހައްދުގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހަތް ސަރަހައްދެއްގައެވެ. އެއީ ހެންވޭރު ދަނޑު، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް، ރެހެންދި ސްކޫލް އެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުން ވޯޓުލާފައިވަނީ ހެންވޭރު ދަނޑުގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 71،597 މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު