ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރި މައްސަލައެއްގައި ދެ މީހަރު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެއް ކަމަށެވެ. އެ ދެ މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ބުންޏެވެ.
އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން އެކަކުގެ ބަންދަށް ފަސް ދުވަސް އަދި އަނެކަކުގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު