އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ގްރޫޕް ސްޓޭޖުގެ ކުޅުނު ނިމުނު އިރު، މޮރޮކޯއާއި ހޯސްޓް އައިވަރީ ކޯސްޓަށްވެސް ގަދަ 16 ކަށަވަރުވެއްޖެއެވެ.
އެފްކޯންފެ ގްރޫޕް އީއާއި އެފްގެ ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ގްރޫޕް އީގެ އެއްވަނަ ހޯދީ މާލީއެވެ. އެއީ ނަމީބިއާއާ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުންނެވެ. އެ ގްރޫޕްގައި ރޭ ދެކުނު އެފްރިކާއާއި ޓިއުނީޝިއާ ކުޅުނު މެޗުވެސް ގޯލެއް ނުޖެހި އެއްވަރުވި އިރު، ގްރޫޕްގެ ދެވަނައަކީ ދެކުނު އެފްރިކާއެވެ. ނަމީބިއާ ހަނި ފުރުސަތަކުން ގަދަ 16 ހޯދީ ތިންވަނަ ޓީމުގެ ގޮތުގައެވެ.
ގްރޫޕް އެފްގައި ރޭ މޮރޮކޯއިން 1-0 އިން ޒެމްބިއާ ބަލިކުރުމާއެކު މޮރޮކޯއަށް ގްރޫޕްގެ އެއްވަނަ ޔަގީންވި އިރު، ކޮންގޯ ދެވަނަ ހޯދީ ޓަންޒޭނިއާ ކައިރިން ގޯލެއް ނުޖެހި އެއްވަރު ކޮށްގެންނެވެ.
މޮރޮކޯ މެޗުގައި ޒެމްބިއާއަށް ޕޮއިންޓެއް ނުލިބުމާއެކު އެކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރީ އެފްކޯން ހޯސްޓް ކުރާ، ގްރޫޕް އޭގެ އައިވަރީ ކޯސްޓަށެވެ. އެޓީމުން ތިން ޕޮއިންޓާއެކު ގްރޫޕް އޭގެ ތިންވަނައިގައި ގްރޫޕް ސްޓޭޖު ނިންމާލުމުން ކޮލިފައިވާން އޮތީ އެންމެ މޮޅު ތިން ވަނަ ޓީމުތަކުގައި ހިމެނިގެންނެވެ. އެ ފުރުސަތު ލިބުނީ ޒެމްބިއާ ދެ ޕޮއިންޓާއެކު ގްރޫޕް ސްޓޭޖު ނިންމާލުމުންނެވެ.
މޮރޮކޯއިން ރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލު، މެޗުގެ 37 ވަނަ މިނެޓުގައި ޖަހައިދިނީ ހަކީމް ޒިޔެޗެވެ.
- އެންގޯލާ - މޮރޮކޯ
- ނައިޖީރިއާ - ކެމަރޫން
- އިކުއެޓޯރިއަލް ގީނީ - ގީނީ
- މިސްރު - ކޮންގޯ
- ކޭޕް ވާޑޭ - މޮރިޓާނިއާ
- ސެނެގާލް - އައިވަރީ ކޯސްޓް
- މާލީ - ބުރްކީނާ ފާސޯ
- މޮރޮކޯ - ދެކުނު އެފްރިކާ
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން