އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލުގެ ތެރެއިން ސެނެގާލް ދަނޑުން ފޭބި މައްސަލަ ބަލައި، ފައިނަލްގައި ހިނގާ ދިޔަ ކަންކަމަށް ދަ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ފިޔަވަޅު އަޅައިފިއެވެ.
ރޭ މޮރޮކޯއާއި ސެނެގާލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެވެސް އެހީގައި ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލް ކޯޗު ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފައެވެ.
ސެނެގާލް ކޯޗު އެ ހިސާބުން މެޗު ނުކުޅެން ނިންމައި، ޑްރެސިން ރޫމަށް ޓީމު ގެންދިޔުމުން، 15 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ހާލަތަށް ދިޔަތަނުން ސެނެގާލް އަލުން ކުޅެން ނެރުނީ ކެޕްޓަން ސަޑިއޯ މާނޭއެވެ. އޭނާ ވަނީ އެކަން ނޫސްވެރިންނަށްވެސް ޔަގީން ކޮށްދީފައެވެ.
ސެނެގާލްގެ ކޯޗު އެކަމަށް މައާފަށް އެދި، ރެފްރީގެ ގޯސް ގަބޫލުކުރި ކަމަށްވެސް ބުނެފައިވެއެވެ.
ޗާއޯ މައާފަށް އެދެނުނު ނަމަވެސް ކާފްއިން ނިންމާފައި ވަނީ އޭނާ 100،00 ޑޮލަރުން ޖޫރިމަނާކޮށް، ފަސް މެޗަށް ސަސްޕެންޑް ކުރުމަށެވެ. އެއީ ސެނެގާލް ކުޅުންތެރިން ގާތު ދަނޑުން ފައިބަން ބުނުމުންނެވެ. އޭގެ އިތުރުން ސެނެގާލް އެފްއޭއަށްވެސް 615،000 ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.
އެއާއެކު ރެފްރީއާ ދޭތެރޭ އަމަލުކުރި ގޮތުން އިލިމަން އެންޑިއޭއާއި އިސްމައިލާ ސާވެސް ދެމެޗަށް ސަސްޕެންޑް ކޮށްފައިވެއެވެ.
އެމެޗު ދޫކޮށް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި މޮރޮކޯއިން އެދުނީ މެޗުގެ ނަތީޖާ ސައްހަ ނޫން ކަމަށް ނިންމުމަށް ނަމަވެސް، އެގޮތަށް ކާފްއިން ނިންމާފައެއް ނުވެއެވެ. މެޗު މެދުކަނޑާލުމަށްފަހު ފެށުނީ 14 މިނެޓް ފަހުންނެވެ.
އެ މެޗުގައި ކަންކަން ހިނގާ ދިޔަގޮތުން މޮރޮކޯއަށްވެސް ކާފްއިން އަދަބު ދީފައިވެއެވެ. އެގޮތުން މެޗުގައި ބޯލް ބޯއީން ކަންތައް ކުރި ގޮތާއި ސަޕޯޓަރުން ލޭސާ ބޭނުންކުރި ކުރުމުގެ އިތުރުން އެޓީމުގެ ކުޅުންތެރިން ވީއޭއާރް ސަރަހައްދުގައި ކަންކަން ކުރި ގޮތަށް، 315،000 ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.
އޭގެ އިތުރުން މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ ކާފްގެ ދެމެޗަށް ސަސްޕެންޑް ކުރަންވެސް ނިންމާފައިވެއެވެ. އަދި އިސްމާއީލް ސައިބަރީވެސް ތިން މެޗަށް ސަސްޕެންޑް ކޮށްފައިވެއެވެ. އެއީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީގެ ތުވާލު ފޮރުވަން އުޅުނު މައްސަލައިގައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން