ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ވެރޯން މޮސެންގޯ-އޮމްބާ އިސްތިއުފާ ދެއްވައިފިއެވެ.
އެފްރިކާގެ ފުޓުބޯޅައަށް މިއީ އުނދަގޫ ދުވަސްތަކަކެވެ. ދާދިފަހުން ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލުގައި ހިނގައި ދިޔަ ކަންތައްތަކުގެ ސަބަބުން އެފްރިކާގެ ފުޓުބޯޅަ އޮތީ ނުތަނަވަސް ކަމެއްގައެވެ. ސެނެގާލާއި މޮރޮކޯ ވާދަކުރި ފައިނަލްގެ ތެރެއިން ސެނެގާލުން ދަނޑުން ފޭބުމަށްފަހު އަލުން ކުޅެގެން ތަށި ހޯދިއިރު، އެ ނިންމުން ކާފްއިން ވަނީ އަނެއްކޮޅަށް އަނބުރާލައިފައެވެ. ކާފްއިން ނިންމީ މޮރޮކޯއަށް ތަށި ދޭށެވެ.
މައްސަލައިގައި ސެނެގާލުންވެސް ތިބީ ދޫދޭ ވިސްނުމެއްގައެއް ނޫނެވެ. ކާފްގެ ނިންމުމާ ދެކޮޅަށް ސެނެގާލުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އިސްތިއުނާފު ކޮށްފައެވެ.
އުމުރުން 66 އަހަރު ވެރޯން މަގާމު ދޫކޮށްލަމުން އިއުލާނު ކުރެއްވީ ރިޓަޔާކުރައްވާ ކަމަށެވެ. އެގޮތަށް ވެރޯން ނިންމެވީ ފާޑުކިޔުންތައްވެސް އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން 63 އަހަރަކީ ރިޓަޔާމަންޓް އުމުރު ނަމަވެސް، ވެރޯން އެ މަގާމުގައި ދެމިހުރުމުންވެސް ކުރީން އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.
އޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި ބައެއް މުއައްޒަފުންނަށް ބޭއަދަބީކޮށް ވާހަކަ ދައްކައި މަސައްކަތުގެ މާހައުލާ ނުގުޅޭ ކަންކަން ވެރޯން ކުރެއްވި ކަމަށް ތުހުމަތުކޮށް މީގެ ކުރިން މައްސަލަވެސް ބެލިއެވެ. އެފަހަރު އެކަން ސާބިތުވެފައެއް ނުވެއެވެ.
ރޮއިޓާސްއިން ބުނީ ވެރޯންގެ ބަދަލުގައި ކާފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވާނީ މިހާރުގެ ކޮމްޕެޓިޝަން ޑިރެކްޓަރު ސެމްސަން އަޑަމޫ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން