އޭސީ މިލާންގެ ފްރާންސް ގޯލްކީޕަރު މައިކް މިނިޔޯއަށް ނަސްލީގޮތުން ދިމާކުރި އުޑިނޭޒީގެ ހަރަރ ސަޕޯޓަރަކު އުމުރު ދުވަހަށް ފުޓުބޯޅައިން ބޭން ކުރަން އުޑިނޭޒީން ނިންމައިފިއެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ސެރެއާ އޭގައި އޭސީ މިލާނާއި އުޑިނޭޒީ ވާދަކުރި މެޗުގެ ތެރެއިން މިލާންގެ ކީޕަރު މައިކް ވަނީ އުޑިނޭޒީގެ ސަޕޯޓަރުންތަކެއް އޭނާއާ ނަސްލީގޮތުން ދިމާކުރި ކަމަށް ބުނެ، ދަނޑުން ފައިބައިފައެވެ. އެހިސާބުން ކުޑަ ވަގުތުކޮޅަކަށް މެޗު މެދުކަނޑާލި އިރު، އެ މެޗު އަލުން ފެށީ ރެފްރީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އެ މެޗު އަލުން ކުޅުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މެޗަށްފަހު އަނެއް ދުވަހު އިޓަލީގެ ފުލުހުން ބުނީ މައިކަށް ނަސްލީގޮތުން ދިމާކުރުމުގައި ބައިވެރިވި ތިން ފިރިހެނަކާއި އަންހެނަކު ހޯދިފައިވާ ކަމަށާއި، އެ މީހުންގެ މައުލޫމާތު ޕްރޮސެކިއުޓާއަށް ހަމައަށް ފޮނުވިފައިވާ ކަމަށެވެ.
ނަސްލީގޮތުން ދިމާކުރި މީހުންގެ މައްސަލަ ބަލައި އިޓަލީ ލީގުން ވަނީ އެ ހަތަރު މީހުން ފަސް އަހަރަށް ސްޓޭޑިއަމްތަކަށް ވަނުން މަނާކޮށްފައެވެ. އެއީ ލީގުގައި ފުރަތަމަ ފަހަރަށް ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކުގައި ދެވެން އޮންނަ އެންމެ ބޮޑު އަދަބެވެ،
އެ އަދަބު އެހެން އޮތް ނަމަވެސް، ކްލަބުން ވަނީ އެ ސަޕޯޓަރުންނަށް ބޮޑު އަދަބެއް ދޭން ނިންމައިފައެވެ. އިޓަލީ ލީގުން ވަނީ އުޑިނޭޒީއަށްވެސް އަދަބެއްގެ ގޮތުގައި އެއް މެޗަށް ސަޕޯޓަރުން ނުވައްދާ ކުޅުމަށް އަންގައިފައެވެ.
އޭސީ މިލާން
އޭސީ މިލާން
އޭސީ މިލާން
އޭސީ މިލާން