ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓުގެ ނައިބު ވަޒީރު ސަން ހައިޔަން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ސަން ހައިޔަން، ރާއްޖެ ވަޑައިގެންފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއް ސަމަދެވެ. ސަން ހައިޔަން، އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގައި ހުންނަވާނެއެވެ.
މި ދަތުރުގެ ތެރެއިން ސަން ހައިޔަން، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓަރު ޒަމީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާ ވެސް ބައްދަލުކުރައްވާނެއެވެ.
އޭގެ އިތުރުން މާދަމާ އދ. މަހިބަދޫގައި ބާއްވާ ހިލޭ އެހީ ހަދިޔާ ކުރުމުގެ ރަސްމިއްޔާތެއްގައި ވެސް ސަން ހައިޔަން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު