އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި 5-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.
މިފަހަރުގެ ސީޒަން އާސެނަލުން ރަނގަޅު ފޯމެއްގައި ފަށާފައިވާ އިރު، ރޭގެ މެޗުގެ ކުރިން އާސެނަލް އޮތީ ދަށް ފޯމެއްގައެވެ. ރޭގެ މެޗުގެ ކުރިން ޕްރިމިއާ ލީގުގައި އާސެނަލުން ކުޅުނު ތިން މެޗުންވެސް އެޓީމަށް މޮޅެއް ހޯދިފައި ނުވާ އިރު، ލިވަޕޫލް އަތުން ބަލިވެ އެފްއޭ ކަޕުންވެސް އޮތީ ކަޓައިފައެވެ.
ރޭގެ މެޗަށް ނުކުތް އިރު އާސެނަލް ހަތަރު ވަނައަށް ވެއްޓިފައި އޮތް ނަމަވެސް، މެޗުން މޮޅުވެ އެޓީމު ވަނީ އަނެއްކާވެސް ތިންވަނައަށް ޖެހިލައިފައެވެ. އެއީ 21 މެޗުން 43 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 20 މެޗުން 43 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 45 ޕޮއިންޓާއެކުގައެވެ.
އާސެނަލުން އެކުގައި ރަނގަޅު މަސައްކަތްތަކެއް ކުރުމަށް މިދިޔަ ކުޑަ ވިންޓާ ބްރޭކްގައި ހަފުތާއެއް ވަންދެން ތަމްރީނު ކުރީ ޑުބާއީގައެވެ. އެނބުރި ފޯމު ރަނގަޅުކޮށް އައި އާސެނަލުން ރޭގެ މެޗުގެ ކުރީކޮޅުގައި ލީޑު ނެގީ ގެބްރިއަލް ޖެހި ގޯލުންނެވެ. ހާފު ނިމުމުގެ ކުރިން އާސެނަލް ދެވަނަ ގޯލެއް ޖެހި އިރު، އެ ގޯލަކީ ޑީން ހެންޑަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެވެސް އާސެނަލް ކުޅުން ރަނގަޅު ކުރި އިރު، އެޓީމުގެ އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލަކީ ފަހު ދެ މިނެޓުގައި ގެބްރިއަލް މާޓިނެލީ ފުލުފުލުގައި ޖެހި ދެ ގޯލެވެ. އަނެއް ގޯލު ޖެހީ ލިއޭންޑްރޯ ޓްރޮސާޑެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު