ޏ. ފުވައްމުލަކު ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު އިތުރުފަރުވާއަށް މާލެ ގެނެސްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ 10:5 ހާއިރު ފުވައްމުލަކު ސިޓީ ބޮޑުފަންނު މަގުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހުމުން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ މީހާ އޮތީ އިމަޖެންސީ ބައިގައި ކަމަށާއި ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު