ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ފައި ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ބުރިވެގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:30 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގީ ޑައިވިނަށް ގޮސް މައްޗަށް އެރި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.
އެ ހާދިސާގައި ޒަހަމްވީ އެމެރިކާގެ 63 އަހަރުގެ އަންހެނެކެވެ. އެ މީހާގެ އެއް ފައިގެ ކަކުލުން ތިރިން އެއްކޮށް ބުރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު