ކ. އަތޮޅުން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ވެލައްސަރު ރިސޯޓު ކައިރީ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:11 އެހާ ކަންހާއިރު ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކާކުކަން ސާފެއް ނޫނެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު