ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފްލެޓް ދިނުމުގައި އުފެދިފައިވާ މައްސަލަތައް ބަލައި ވަރަށް އަވަހަށް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެކަމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރަން ހާޒިރުކުރަންޖެހޭ މީހުން ކޮމިޝަނަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް އޮފިޝަލް ވިދާޅުވީ އެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް ކަނޑައަޅައި ދަންނަވަން އެނގިވަޑައިނުގަނަންވާ ކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި 4000 ފުލެޓް ދިނުމުގެ މަސައްކަޔް ކުރިއަށް ދަނިކޮށް އެކަން ހުއްޓުވީވެސް އޭސީސީންނެވެ. އެއީ ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ނުފޫޒުގެ ބޭނުން ކޮށްފައިވާ ކަމަށް ކުރި ތުހުމަތު ތަކަކާ ގުޅިގެންނެވެ.
އޭގެ ފަހުން އެކަމާބެހޭ ޕޯޓަލްއަށް އެކްސެސް ވުމުގެ ހުއްދަ ހޯމް މިނިސްޓްރީން ނުދީގެން ގިނަ ދުވަސްތަކެއް ވަންދެން އެކަމުގެ ތަހުގީގު ކުރިއަށް ނުގޮސް ހުއްޓިފައި އޮތެވެ.
ނަމަވެސް މިނިސްޓްރީން އެކްސެސް ދިނުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު އޭސީސީން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު