އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ އިތުރު ތިން މެމްބަރަކަށް، ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ މަޖިލިސް ޓިކެޓު ކަށަވަރުވެއްޖެއެވެ.
އެމްޑީޕީން މީގެ ކުރިން ވަނީ 35 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދީފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 15 މެމްބަރަކު ހިމެނެއެވެ.
އެމްޑީޕީން މިއަދު އިއުލާން ކުރި 10 ދާއިރާގެ ތެރެއިން މިހާރު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވެފައެވެ.
އެ ތިން މެމްބަރުންނަކީ ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އަދި ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒެވެ. ނިޔާޒަށް ޓިކެޓު ލިބިފައިވަނީ ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (މައިފޫނާ)އަށް ގައްދޫ ދާއިރާގެ ޓިކެޓު ވަނީ ކަށަވަރުވެފައެވެ.
- ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
- ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒު، ނިޔާޒަށް ޓިކެޓް ލިބިފައިވަނީ ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށް
- ގައްދޫ ދާއިރާއަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (މައިފޫނާ)
- ކަނޑިތީމު ދާއިރާއަށް އަމީން ފައިސަލް
- އިނގުރައިދޫ ދާއިރާއަށް ސަލީމް ހުސައިން
- ހުރާ ދާއިރާއަށް ޝާތިރު އަބްދުއްރަހްމާން
- ދަނގެތި ދާއިރާއަށް ރުގިއްޔާ މުހައްމަދު
- މުލަކު ދާއިރާއަށް މޫސާ ޝިޔާމް އަބްދުއްރަހްމާން
- ގަމު ދާއިރާއަށް އަބްދުﷲ ޝަރީފް
- ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު
- ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
- ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
- ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
އެމްޑީޕީން އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްޑީޕީން މިއަދު އާންމުކުރި ލިސްޓާއި ކުރިން އާންމުކުރި ލިސްޓުގައިވާ ގޮތުން ޕްރައިމަރީއަކާ ނުލައި 45 މީހަކަށް ވަނީ އެ ޕާޓީގެ ޓިކެޓު ކަށަވަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު