އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި މޮޒަމްބީގާ އެއްވަރުވި އިރު، ކޭޕް ވާޑޭން ގާނާ ބަލިކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ އެފްރިކޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް އެފްކޯން ފަށާފައިވާ އިރު، ރޭ ގްރޫޕް ބީގައި މިސްރު ކުޅުނު މެޗަކީ އެޓީމުން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މިސްރުން ރޭ މޮޒަމްބީގާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވާ އިރު، އެ ގްރޫޕުގައި ގާނާއިން ކުޅުނު މެޗުގައި ކޭޕް ވާޑޭ އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އޭގެ އިތުރުން ރޭ ގްރޫޕް އޭގައި ނައިޖީރިއާއާއި އިގުއަޓޯރިއަލް ގިނީ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.
މިސްރުން ރޭ ކުޅުނު މެޗުގެ 89 ސިކުންތު ހިނގިތަނާ އެޓީމުން ވަނީ ލީޑު ނަގައިފައެވެ. މުސްތަފާ މުހައްމަދު ޖެހި ގޯލުން މިސްރު ލީޑު ނަގައިގެން ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ މޮޒެމްބީގުން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައި ތާރީހީ ނަތީޖާއަކަށް މިސްރާބު ހިފައިފައެވެ.
މިސްރު ކޮޅަށް ވިޓީއާއި ކްލެސިއޯ ޖެހި ގޯލުތަކުން މޮޒެމްބީގުން އެފްކޯންގެ ތާރީހުގައި ފުރަތަމަ މޮޅާ ދިމާލަށް މިސްރާބު ހިފާފައިވާ އިރު، މެޗު އެއްވަރުވީ ފަހު މިނެޓުގައެވެ. އެ ގޯލަކީ އޭރިއާ ތެރެއިން ޑޮމިންގޯސް މަކަންޒާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން ސަލާހް ޖެހި ގޯލެކެވެ.
ކޭޕް ވާޑޭން ގާނާ ބަލިކުރި މެޗުގެ ފުރަތަމަ ހާފުގައި ޖެމިރޯ މޮންޓެއިރޯ ފުރަތަމަ ގޯލު ޖެހި އިރު، ކޭޕް ވާޑޭގެ ދެވަނަ ގޯލު ޖެހީ ގެރީ ރޮޑްރިގޭޒްއެވެ. އޭނާ ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން