ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ކުރާ މަސައްކަތްތައް ގިނަވެ، އެކުންފުންޏަށް ބާރު ބޮޑުވާތީ، އިތުރު ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީ އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، އެފަދަ ކުންފުންޏެއް އުފެއްދުމަށް ކެބިނެޓުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވަނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ފުނިޖެހިފައިވާތީ ކަމަށެވެ.
"އެމްޓީސީސީގައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފުނިޖެހިފައި. އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައި ވާތީވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް މަޝްވަރާއަކީ،" ނާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީއަކީ، ކުރީ ސަރުކާރުގައި އެންމެ ގިނަ މަޝްރޫއު ހިންގި ކުންފުންޏެވެ. އަދި އެއީ ސާފު ފައިސާގައި އޮޕަރޭޓްކުރި ކުންފުންޏެވެ.
ނަމަވެސް މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ 46 މަޝްރޫއެއް ވަނީ ހުއްޓިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު