ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރެވޭނީ ހަމައެނި ރާއްޖޭގެ ޓުއާ އޮޕަރޭޓަރުން ކަމަށް ކަނޑައަޅައި އުސޫލު ބަދަލުކޮށްފިއެވެ.
ރާއްޖެ ޕްރޮމޯޓު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބައިވެރިވާ ފެއާތަކުގައި ދެން ބައިވެރި ވެވޭނީ ދިވެހި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނަށް ކަމަށް ނިންމައި އުސޫލު ބަދަލުކޮށްފައިވާ ކަން އާންމުކުރީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފާތިމަތު ވިދާޅުވީ އެ ނިންމުން ނިންމެވީ ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސްޓޭކްހޯލްޑަރުންނަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. މި ސްޓްރެޓީޖިކް ނިންމުމަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ހަރަކާތްތަކުގައި ރާއްޖޭގެ ސްޓޭންޑުގައި ރާއްޖޭގެ އޮޕަރޭޓަރުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ބާރުއެޅުމަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ފެއާތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންނަށްވެސް ބައިވެރިވެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު