ލ. އަތޮޅުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޮނަދޫ ކައުންސިލް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2024ގެ ކުއާޓާ ފައިނަލް މެޗުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމިގެން ގޮސްފައިވާ އިރު، ރޭ ފުރަތަމަ ކުޅުނީ ގްރޫޕް ބީގެ ފަހު މެޗެވެ. އެއީ މާޔާ އެފްސީއާއި ރިސްޓްރޭޓޯ ވާދަކުރި މެޗެވެ. އެ މެޗު 3-2 އިން ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ހޯދީ ރިސްޓްރޭޓޯއެވެ. މާޔާ އެފްސީ ކުއާޓާއަށް ދިޔައީ އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގައި ރިސްޓްރޭޓޯގެ ގޯލުތައް މުހައްމަދު ޝުޖާއު، ރިލްވާން ހަލީމް އަދި އަބްދުﷲ ނަސީރު ޖަހައިދިން އިރު، މާޔާގެ ގޯލުތައް ޖެހީ އަލީ ނަސީމާއި އަބްދުﷲ ފަރީސްއެވެ.
ގްރޫޕް ސީގެ އެއްވަނައަށް ރޭ އަފޭންއާއި ކަންމަތި ސްޕޯޓްސް ކްލަބު ކުޅުނު މެޗު 3-2 އިން ކާމިޔާބުކުރީ އަފޭންނެވެ. ދެޓީމުވެސް ކުއާޓާއަށް ގޮސްފައިވާ އިރު، ރޭގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ކަންމަތީންނެވެ. ކަންމަތީގެ ގޯލުތައް ޖެހީ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އާއި ހުސައިން ރަމީޒެވެ. ދެވަނަ ހާފަށް ނުކުމެ އަފޭން ޓީމުން ނަތީޖާ އަނބުރާލީ އިސްމާއީލް މުހައްމަދު (އިއްސެ) ގެ ދެ ގޯލާއި އާދަމް ލަރީފް (ރޮނާބެ) ގެ ގޯލަކުންނެވެ.
ރޭ ފަހު މެޗުގައި ގްރޫޕް ޑީގައި ޓީމް ކޭއޭސީއެލް ކައިރިން ލާމު ބްލޫސް މޮޅުވީ 4-1 އިން ނެވެ. ގްރޫޕް ޑީގެ އެއްވަނަ ލެކްރޯސްއަށް ލިބުނު އިރު، ދެވަނައިގައި ދިޔައީ ލާމު ބްލޫސްއެވެ. ރޭގެ މެޗުގައި ލާމު ބްލޫސްގެ ގޯލުތައް ޖަހައިދިނީ އާދަމް ވަޖީހާއި ސައުދު އަހުމަދު އަދި އަބްދުލް ހަފީޒް އިބްރާހީމެވެ. ކޭއޭސީއެލްގެ ހަމައެކަނި ގޯލު ޖެހި ޔޫސުފް ތައުފީގެވެ.
ޖުމުލަ 12 ޓީމާއެކު ކުރިއަށްދާ ލީޑް ވެޓެރަންސް ކަޕް 2024ގެ ޓައިޓަލް ސްޕޮންސަރަކީ ފޮނަދޫ ކައުންސިލެވެ. ޕްލެޓިނަމް ޕާޓްނަރަކީ މަޒީ ކެމިސްޓެވެ. ގޯލްޑް ޕާޓްނަރަކީ ލިޓަސްއެވެ. ސިލްވާ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަރަކާތްތެރިވާ އިރު، ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ޖޭމް ކިޗަން ހަމަޖައްސާފައިވާ އިރު، ކޮފީ ޕާޓްނަރަކީ ޕިޒްކާއެވެ. އޭގެ އިތުރުން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ލާމު ޕޮލިހާއި ބިގް ޝޮޓްސްއެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
މިއަހަރުގެ ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މިރޭ ކުއާޓާގެ ވަރުގަދަ މެޗުތައް ފެށޭނެއެވެ.
ކުއާޓާ ފުރަތަމަ މެޗު
20:30 އައުޓްރީފް ސްޕޯޓްސް ކްލަބު - މާޔާ އެފްސީ
ކުއާޓާ ދެވަނަ މެޗު
21:30 ރިސްޓްރޭޓޯ - ބެސްޓް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް