ތާރީހު ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޖަރުމަނުގެ ފުޓުބޯޅަ ލެޖެންޑް، ފްރޭންޒް ބެކެންބާއޫ މަރުވެއްޖެއެވެ.
އުމުރުން 78 އަހަރުގެ ބެކެންބާއޫ، މަރުވެފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ވަނީ 1974 ވަނަ އަހަރު ވެސްޓް ޖަރުމަނާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އޭރު އެއީ ޓީމުގެ ކެޕްޓަނެވެ. އޭގެ ފަހުން 1990 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ބެކެންބާއޫ ވަނީ ވެސްޓް ޖަރުމަނަށް ވޯލްޑް ކަޕް ތަށި ހޯދައިދީފައެވެ.
ބެކެންބާއޫ އަކީ މަގުބޫލު ޑިފެންޑަރެކެވެ. އޭނާ ވަނީ ބަޔާން މިއުނިކަށް 582 މެޗު ކުޅެ، ޖަރުމަނުގެ ތަށި ކުޅުންތެރިއެއްގެ ގޮތުގައި، އަދި ކޯޗެއްގެ ގޮތުގައިވެސް ހޯދައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޔޫރަޕްގެ ތަށި ހޯދައި، ދެ ފަހަރަށް ބެލޮންޑިއޯވެސް ކާމިޔާބު ކޮށްފައެވެ.
ބެކެންބާއޫ ކުރިން މިޑްފީލްޑަރަކަށްވެސް ކުޅެފައިވާ އިރު، 1996 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އޭނާ ވަނީ އިންގްލެންޑްގެ ސާ ބޮބީ ޗާލްޓަން މޭން މާކު ކޮށް ކުޅެފައެވެ. އެ މެޗުން މޮޅުވީ އިންގްލެންޑެވެ. އެ ވޯލްޑް ކަޕްގައި ބެކެންބާއޫގެ އުމުރަކީ 20 އަހަރެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކީވެސް ބެކެންބާއޫއެވެ.
ވެސްޓް ޖަރުމަނަށް ބެކެންބާއޫ ވަނީ 103 މެޗު ކުޅެފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު