މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފައްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދެވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިހާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި މަޝްރޫއުގެ ގިނަ ކަންކަމަކީ އެއް ފަހަރާ ފެށޭނެ ކަންކަން ކަމަށާއި އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާއި އެކި ކަހަލަ ލުއި ފައިނޭޝަލް ފެސިލިޓީތައް ފަހި ކުރުމަށް ކުރަން ޖެހޭ ކަންކަމަކީ މިހާރުން ފެށިގެން ފަށަން ނިންމާފައިވާ ކަންކަން ކަމަށެވެ.
"އުންމީދު ކުރަނީ މި އަންނަ އާދިއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީ އެސްޓަބަލިޝް ކުރަން. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާތައް ރާއްޖޭގައި ގާއިމު ކުރުމަށް މަގު މިވަގުތަށް ފަހި ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ފެށިފައިވާ ކަމަށާއި އެމްއެމްއޭ އާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ލިބި، އެކަމަށްޓަކައި ފާސްކުރަން ޖެހޭ ގާނޫނު ފާސްކުރެވުމުން، އެކަމަށް އިތުރު ފުރިހަމަ ކަމަށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން މަޖިލީހުން ފާސްކުރަން ޖެހޭ ހާއްސަ ގާނޫނެއް އަޅުގަނޑުމެން ފާސް ކުރާނަން. ފާސްކުރެވިގެން މިކަންކަމަށް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމު ކުރުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަންތައްތައް،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު